އެކްޓިވިޓީ : 5
ޚުލާޞާ ކުރުން (ވީޑިޔޯ)
§
މާއްދާ : ދިވެހިބަސް
§
ގްރޭޑް : 8
§
ސުރުޚީ : ޚުލާޞާ ކުރުން
§
ވަގުތު : 45 މިނިޓް
§
ޓީޗިންއެއިޑްސް : ދިވެހި ލަވައިގެ ތެރެއިން " ލޯބިވާ މަންމާ މަގޭ " މި ވީޑިއޯ ޅެން.
މަޤްޞަދު :
§
ލަވައިގެ ވީޑިއޯ ބެލުމަށްފަހު ލަވައިގެ ވީޑިޔޯއިން ފެނި އަދި އިވިގެންދާ
މުހިންމު މަޢުލޫމާތްތައް ފާހަގަކޮށް، ނޯޓް ކުރުން.
§
ޚުލާޞާ ކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކަށް ވިސްނުން ބަހައްޓައިގެން، ވީޑިއޯއިން ލިބުނު މަޢުލޫމާތުގެ މައްޗަށް، 06 ފޮޅުވަތާއި 08 ފޮޅުވަތުގެ
ޚުލާޞާއެއް ލިޔުން.
ގެންދާނެގޮތް :
§
ކޮންމެ ގްރޫޕަކަށް 4 ކުދިން ވާގޮތަށް ކްލާސް ބަހާލާށެވެ.
§
ދެން، ގްރޫޕްތަކުން ވީޑޯއޯ ފަރުވާތެރިކަމާއެކު ބެލުމަށް ބުނުއްވާށެވެ.
§
ނަމަވެސް، ދެވަނަ ފަހަރު ވީޑިޔޯ ދެއްކުމުގެ ކުރިން، ވީޑިޔޯ ބަލަމުންދާއިރު، ކޮންމެ
ދަރިވަރަކުވެސް މި ލަވައިން ހާމަވަމުންދާ ކަންތައްތައް ޕޮއިންޓް ތަކެއްގެ
ސިފައިގައި ނޯޓްކުރުމަށް ބުނުއްވާށެވެ.
§
ދެން، ވީޑިއޯ ނިމުމުން ގްރޫޕް ތަކުގެ ދަރިވަރުން
ނޯޓް ކޮށްފައިވާ ޕޮއިންޓް ތަކާމެދު، ގްރޫޕްގެ ދަރިވަރުންގެ މެދުގައި މަޝްވަރާ
ކުރަން ފުރުޞަތު ދެއްވާށެވެ.
§
އެއަށްފަހު، ދެން ގްރޫޕް ތަކުގައި ދަރިވަރުން މަޝްވަރާކުރި ކަންތައްތަކުގެ
ތެރެއިން ޚުލާޞާ ކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތަކީ ކޮބައިކަން ފާހަގަކޮށް، އެއްކުރެވުނު
މަޢުލޫމާތުގެ މައްޗަށް ކޮންމެ ގްރޫޕަކުންވެސް ޚުލާޞާއެއް ލިޔުމަށް ބުނުއްވާނީއެވެ.
§
މިގޮތުން، ޚުލާޞާ ލިޔުމުގައި ފެނިގެންދިޔަ ވީޑިޔޯގެ ލަވައިގެ މައިގަޑު
ޚިޔާލުތައް ފިކުރުގައި ބަހައްޓައިގެން، ފާހަގަކޮށްފައިވާ ޕޮއިންޓްތަކުގެ މައްޗަށް،
ގާތްގަޑަކަށް 06 ފޮޅުވަތާއި 08 ފޮޅުވަތަށްވުރެ ދިގުނޫން ގޮތަކަށް ޚުލާޞާއެއް
ލިޔަންބުނުއްވާށެވެ.
§
ދެން ގްރޫޕްތަކުގެ ދަރިވަރުންގެ މަސައްކަތް ނިމުމުން، އެމަސައްކަތްތައް
ކްލާހަށް ހުށަހަޅާނީއެވެ.
ރެފްރެންސް : " ލޯބިވާ މަންމާ މަގޭ " މި ވީޑިއޯ
ޅެން ނަގާފައިވަނީ : (ޔޫޓިޔުބުން) https://youtu.be/xtYL1-ZineY
.jpg)
.jpg)
.jpg)
.jpg)
.jpg)