nav

ސިޓީ ލިޔުން

އެކްޓިވިޓީ : 3
ސިޓީ ލިޔުން
§         މާއްދާ : ދިވެހިބަސް
§         ގްރޭޑް :  8
§         ސުރުޚީ : ސިޓީ ލިޔުން
§         ޓީޗިންއެއިޑްސް : ތަފާތު 03 ޙާލަތަކަށް ދީފައިވާ 03 ސިޓީ ނޯޓް

މަޤްޞަދު :
§         ޙާލަތަކާއި ގުޅުވައިގެން ކަމާއިބެހޭ ފަރާތަކަށް ރަސްމީ ސިޓީއެއް ލިޔުން.
§         ރަސްމީ ސިޓީއެއްގައި ބޭނުން ކުރާނެ ޢިބާރާތްތައް ފާހަގަ ކުރުމާއެކު ބޭނުން ކުރުން.

ގެންދާނެގޮތް :

§         މުޅި ކްލާސް ތިން ގްރޫޕަކަށް ބަހާލާށެވެ.
§         ކޮންމެ ގްރޫޕަކީވެސް ގެއެއްކަމަށް ބުނެދެއްވާށެވެ.
§         އެހެންކަމުން، ކޮންމެ ގެއަކުންވެސް (ނުވަތަ ކޮންމެ ގްރޫޕަކުންވެސް) އެ ގެއަށް ނަމެއް ދޭށެވެ.
§         އެއަށްފަހު، ކޮންމެ ގެއަކުން ސިޓީއެއް ލިޔުމަށްޓަކައި މުދައްރިސް ކޮންމެ ގެއަކާއި ސިޓީ އުރައެއް ޙަވާލު ކުރާން ވާނެއެވެ.
§         ކޮންމެ ގްރޫޕަކަށްވެސް މުދައްރިސް ދެއްވާ ސިޓީ އުރައިގައިވާ ޙާލަތާއި ބެހޭގޮތުން އެގްރޫޕަކުން ސިޓީއެއް ލިޔުމަށްޓަކައި ގޭގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރާށެވެ.
§         މިގޮތުން، ގެތަކުގެ މެމްބަރުންގެ މަޝްވަރާ ނިމުމުން ކޮންމެ ގެއަކުންވެސް އެބައެއްގެ ގޭގެ ނަމުގައި ސިޓީ ފޮނުވަން ކަޑައަޅާފައިވާ ފަރާތަށް ރަސްމީ ސިޓީއެއް ލިޔާށެވެ.
§         ކުރިން ދަސްކޮށްފައިވާ ގޮތުގެމަތިން، ލިޔާ ސިޓީގެ ޢިބާރާތާއިމެދުގައި ސަމާލުކަން ދޭންވާނެއެވެ.
§         ސިޓީ ލިޔެ ނިމުމުން، ކޮންމެ ގްރޫޕަކުންވެސް އެގްރޫޕަކުން ލިޔުނު ސިޓީ ކްލާހަށް ހުށަހެޅުމަށްފަހު، ކްލާހުގެ ކޮންމެވެސް 03 ތަނެއްގައި  03 ގްރޫޕްގެ ސިޓީ ޕޭސްޓް ކުރާށެވެ.
§         އެއަށްފަހު، ކޮންމެ ގްރޫޕަކުންވެސް އެހެން ގްރޫޕްތަކުން ލިޔެފައިވާ ސިޓީތައް ކިޔުމަށް ބުނުއްވާށެވެ.
§         ދަރިވަރުން ސިޓީ ކިޔަމުންދާއިރު ޙާލަތާއި ގުޅުވައިގެން ގްރޫޕްތަކުން ލިޔުނު ސިޓީ ތަކުގެ ޢިބާރާތް ކުރުންހުރި ގޮތާއިމެދު ދަރިވަރުންގެ މެދުގައި މަޝްވަރާ ކުރުވަން ވާނެއެވެ.
§         އެއަށްފަހު، ގްރޫޕްތަކުގެ ހުރިހާ ސިޓީތަކާއިމެދު ބިނާކުރަނިވި ފާޑުކިޔުމަކުން ވިސްނައި، ސިޓީތަކުން އިތުރަށް ރަގަޅު ކުރަންފެންނަ ކަންތައް ކުދިންގެ ޚިޔާލާއެކު ހުށަހަޅާށެވެ.

ތަފާތު 03 ޙާލަތަކަށް ދީފައިވާ 03 ސިޓީ ނޯޓް :

§     އަވަށްޓެރި ގެތަކުން ކުނި އެންދުމުގެ ސަބަބުން އުދަގޫވާތީ، އެކަން ހުއްޓުވައިދިނުމަށްއެދި ރަށު ކައުންސިލް އިދާރާއަށް ފޮނުވާނެ ސިޓީއެއް
§      ތިމާގެ ގެއަށް ސިއްރުން ބަޔަކުވަދެ ވައްކަންކޮށްފައިވާތީ، ރަށުގެ ޕޮލިސް ސްޓޭޝަނަށް ފޮނުވާނެ ސިޓީއެއް
§     ހިނގާފައިވާ ޔުނިޓްތަކަށްވުރެ މާގިނަ ޔުނިޓްތަށް ތިމާގެ ގޭގެ ކަރަންޓް ބިލުގައި ހިނގާފައިވާކަމަށް ބިލްކޮށްފައިވާތީ، އެކަން ބައްލަވައި ކަރަންޓް ބިލް އިޞްލާޙުކޮށް ރަށުގެ އިންޖީނުގެއަށް ފޮނުވާނެ ސިޓީއެއް