nav

ޅެން މާނަކުރުން

އެކްޓިވިޓީ : 2
ޅެން މާނަ ކުރުން

§         މާއްދާ : ދިވެހިބަސް
§         ގްރޭޑް :  8
§         ސުރުޚީ : ޅެން މާނަކުރުން
§         ވަގުތު :  45 މިނިޓް
§         ޓީޗިންއެއިޑްސް : ދަރިވަރުންނާއި ގުޅޭ ޅެމެއް  (ކަފާފައިވާ ޅެމުގެ ބައިތުތައް ގްރޫޕްތަކަށްވާވަރަށް)

މަޤްޞަދު :
§         ގްރޫޕް ތަކުގެ ދަރިވަރުންގެ މެދުގައި ޅެމުގައި ދައްކާފައިހުރި ވާހަކަތަކާ މެދު މަޝްވަރާކޮށް ޅެން މާނަ ކުރުން.
§         ޅެން ބައިތުތަކުން ބައެއް އުނިނޮކޮށް ޅެމުގައިވާ މައިގަޑު ޚިޔާލުތައް ވިސްނުމުގައި ބަހައްޓައިގެން، ޖުމްލަ މާނަ އެއް ޕެރެގްރާފުން ލިޔުން.

ގެންދާނެގޮތް :

§         ދޭންބޭނުންވާ ޅެމުގެ ބައިތުތައް ގުނާލުމަށްފަހު (ގްރޫޕަކަށް 02 ނުވަތަ 03 ޅެންބައިތުދޭގޮތަށް)، ކްލާހުގެ ކުދިން ގްރޫޕް ތަކަށް ވާގޮތަށް ބަހާލާށެވެ.
§         އޭގެ ފަހުގައި ކޮންމެ ގްރޫޕަކަށް 02 ނުވަތަ 03 ޅެންބައިތު ދޭނީއެވެ.
§         ދެން ކޮންމެ ގްރޫޕަކުންވެސް އެގްރޫޕަށް ލިބުނު ބައިތުތަކާއިމެދު ގްރޫޕް މެދުގައި މަޝްވަރާކުރުމަށްފަހު މާނަ ކިޔައިދޭނީއެވެ.
§         އޭރުން ޅެމުގެ ހުރިހާ ބައިތުތަކެއްވެސް އޮންނާނީ މާނަ ކުރެވިފައެވެ.
§         ދެން ކޮންމެ ގްރޫޕަކުންވެސް ޅެމުގެ ޖުމްލަ މާނަ އެއް ފެރެގެރާފަކަށް ވާގޮތަށްލިޔެ ، މުޅިކްލާހަށް ހުށަހަޅައި ފާޑު ކިޔާނީއެވެ.

ޅެން : (މިޅެން ނަގާފައިވަނީ ފަންވަތް ވެބްސައިޓުންނެވެ.)

ދުލަކީ ނުރައްކާތެރިވެސް ހަތިޔާރެކެވެ.
ދަންނަވަންތޯއޭ ތެދަށް، ދުލަކީ ލިބުނު ހަތިޔާރެކޭ
      ކަންމިހެން އޮތްއިރު އޮތީ، ރައްކާތެރިވެ ތިބުމޭ ތެދޭ
ބަޑިތަކުންނާ ކަނޑިތަކުން، ނޫނަސް ޤަތުލު ކުރެވޭނެޔޭ
     އަޑިނުބައި ހިތަކުން ނެރޭ، ވިހަގަދަ ބަހެއް ބުނުމުން ތެދޭ
ބަޔަކު ވާހަކަ ދެއްކިޔަސް، ދެމެދަށް ތިބާ ވަނުމެއް ނުވޭ
        ބަޔަކު ތިއްބާ އެތަނަކަށް ،ވަދެ ބަސްބުނުން ގޯހޭ ތެދޭ
ތަންތަނަށްގޮސް އަނގަތެޅުން، ނުވެޔޭ ރަގަޅު ކަމަކަށް ދަނޭ
     ސަންތިވެސް ރަންދަތް ދިނީ، އަނގަމަޑުވުމުން މިތުރަށް ތެދޭ
ބަހުގެ ބަސްމަގު ނައްތަމުން، ބަހުރުވަ ހުތުރު ކުރަމުން ނުދޭ
     ބަހުގެ ފޭރާން ދެރަވުމުން، ބަސްމަގު ބަނަވެ ނެތިދޭ ތެދޭ
ބަދަލުކޮށް އޮޅުވާލަމުން، ދެބައޮޑުވަމުން ނުދުވޭ އިނގޭ
    އަނދައަނދާ ހުރި ހުޅުގަނޑަށް ، އެއްލާލެވުން ވާނޭ ތެދޭ
ނެތްތަނުގަ މީހުންގެ ގޯސް، ވާހަކަ ދެކެވިދާނަމަ ބުނޭ
      ނެތް ވެވޭ ފަރަޤެއްއެއާ، މުޅަމަސް އަޚުގެ ކެއުމާ ތެދޭ
ތެދު ބުނަން ފަސްޖެހެވިގެން، ދޮގުތައް އިތުރު ނުބުނޭ ހެވޭ
      ހެދުނުކަމުގައި ދޮގު ވިއަސް، ފޮރުވިފަ އެކަން ނޯވޭ ތެދޭ
ދިންނަވާތޯ އަޅުތަކުން، ޢާފާތް ތަކުން ދުލަކުން ވޭވޭ
        ދިންނެވުން އެދިގެން ދުޢާ، ތަކުރާރު ކޮށްލާށޭ ތެދޭ