އެކްޓިވިޓީ : 1
އަދަބީ ބަސްތަކަށް ޙާދިސާ ލިޔުން
§
މާއްދާ : ދިވެހިބަސް
§
ގްރޭޑް : 9
§
ސުރުޚީ : އަދަބީ ބަސްތަކަށް ޙާދިސާ ލިޔުން
§
ވަގުތު : 45 މިނިޓް
§
ޓީޗިން އެއިޑްސް : އަދަބީ ބަސްތައް
މަޤްޞަދު :
§
ދީފައިވާ އަދަބީ ބަސްތަކުން ކޮންމެ ބަހަކަށް 15 ފޮޅުވަތަށްވުރެ ކުރުނޫން
ޙާދިސާއެއް ލިޔުން
ގެންދާނެގޮތް :
§
ކްލާސް 3 ކުދިންގެ ގްރޫޕަތަކަކަށް ބަހާލާނީއެވެ.
§
އެއަށްފަހު، ކޮންމެ ގްރޫޕަކަށްވެސް ތަފާތު އަދަބީ ބަހެއް ދޭނީއެވެ.
§
ދެން، ގްރޫޕްތަކާއި ޙަވާލުކުރެވުނު އަދަބީ ބަހާއި ބެހިގެން ގްރޫޕް
މަޝްވަރާއެއް ކުރާނީއެވެ.
§
ގްރޫޕްތަކުގެ މަޝްވަރާ ކުރަމުންދާއިރު، މުދައްރިސް ގްރޫޕްތަކުގެ މަޝްވަރާގައި
ބައިވެރިވެ ދަރިވަރުން ރަގަޅު ޙާދިސާއެއް ހޯދައިދިނުމަށް އެހީތެރިކަން
ފޯރުކުރާނީއެވެ.
§
އެއަށްފަހު، ގްރޫޕް ދަރިވަރުންގެ މަޝްވަރާއިން ގްރޫޕާއި ޙަވާލުކޮށްފައިވާ
އަދަބީ ބަހާއި ގުޅޭ ޙާދިސާއެއް 15 ފޮޅުވަތަށްވުރެ ކުރުނޫން ގޮތަކަށް ލިޔުން.
§
އެއަށްފަހު، ގްރޫޕްތަކުގެ މަސައްކަތް ނިމުމުން، ގްރޫޕް މަސައްކަތް ކްލާހަށް
ހުށަހަޅާނީއެވެ.
§
އަދަބީ
ބަސްތައް :
§
މިރިނުވެ ގޮބޮޅި ކާށި ނުވާށެވެ!
§
އަހިވަކާއިޖެހި އަހިވަށް ފާވާނެއެވެ.
§
ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމައެވެ.
§
އެކަކުންޏެއްގެ ހަރު ކޮންނާނީ
އެކަކުންނެއްގެ ވަރުންނެވެ.
§
މެކުނުފުމުނަސް ގާހަކައަށް ނުފުމެވޭނެއެވެ.
§
ވެހޭތާ ފެންނަގާށެވެ.
§
ހަކުރުދެންޏާ ބޮޑުބޭބެއެވެ.
§
މުޅި އޮޑީގައި ޙަސަނުގެ ދެފައެވެ.