nav

ޚުލާޞާ ކުރުން

އެކްޓިވިޓީ : 5
ޚުލާޞާ ކުރުން (ވީޑިޔޯ)

§         މާއްދާ :  ދިވެހިބަސް
§         ގްރޭޑް :  8
§         ސުރުޚީ : ޚުލާޞާ ކުރުން
§         ވަގުތު : 45 މިނިޓް
§         ޓީޗިންއެއިޑްސް : ދިވެހި ލަވައިގެ ތެރެއިން " ލޯބިވާ މަންމާ މަގޭ " މި ވީޑިއޯ ޅެން.

މަޤްޞަދު :

§         ލަވައިގެ ވީޑިއޯ ބެލުމަށްފަހު ލަވައިގެ ވީޑިޔޯއިން ފެނި އަދި އިވިގެންދާ މުހިންމު މަޢުލޫމާތްތައް ފާހަގަކޮށް، ނޯޓް ކުރުން.
§         ޚުލާޞާ ކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކަށް ވިސްނުން ބަހައްޓައިގެން، ވީޑިއޯއިން ލިބުނު މަޢުލޫމާތުގެ މައްޗަށް، 06 ފޮޅުވަތާއި 08 ފޮޅުވަތުގެ ޚުލާޞާއެއް ލިޔުން.

ގެންދާނެގޮތް :

§         ކޮންމެ ގްރޫޕަކަށް 4 ކުދިން ވާގޮތަށް ކްލާސް ބަހާލާށެވެ.
§         ދެން، ގްރޫޕްތަކުން ވީޑޯއޯ ފަރުވާތެރިކަމާއެކު ބެލުމަށް ބުނުއްވާށެވެ.
§         ނަމަވެސް، ދެވަނަ ފަހަރު ވީޑިޔޯ ދެއްކުމުގެ ކުރިން، ވީޑިޔޯ ބަލަމުންދާއިރު،  ކޮންމެ ދަރިވަރަކުވެސް  މި ލަވައިން ހާމަވަމުންދާ ކަންތައްތައް ޕޮއިންޓް ތަކެއްގެ ސިފައިގައި ނޯޓްކުރުމަށް ބުނުއްވާށެވެ.
§         ދެން، ވީޑިއޯ ނިމުމުން  ގްރޫޕް ތަކުގެ ދަރިވަރުން ނޯޓް ކޮށްފައިވާ ޕޮއިންޓް ތަކާމެދު، ގްރޫޕްގެ ދަރިވަރުންގެ މެދުގައި މަޝްވަރާ ކުރަން ފުރުޞަތު ދެއްވާށެވެ.
§         އެއަށްފަހު، ދެން ގްރޫޕް ތަކުގައި ދަރިވަރުން މަޝްވަރާކުރި ކަންތައްތަކުގެ ތެރެއިން ޚުލާޞާ ކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތަކީ ކޮބައިކަން ފާހަގަކޮށް، އެއްކުރެވުނު މަޢުލޫމާތުގެ މައްޗަށް ކޮންމެ ގްރޫޕަކުންވެސް ޚުލާޞާއެއް ލިޔުމަށް ބުނުއްވާނީއެވެ.
§         މިގޮތުން، ޚުލާޞާ ލިޔުމުގައި ފެނިގެންދިޔަ ވީޑިޔޯގެ ލަވައިގެ މައިގަޑު ޚިޔާލުތައް ފިކުރުގައި ބަހައްޓައިގެން، ފާހަގަކޮށްފައިވާ ޕޮއިންޓްތަކުގެ މައްޗަށް، ގާތްގަޑަކަށް 06 ފޮޅުވަތާއި 08 ފޮޅުވަތަށްވުރެ ދިގުނޫން ގޮތަކަށް ޚުލާޞާއެއް ލިޔަންބުނުއްވާށެވެ.
§         ދެން ގްރޫޕްތަކުގެ ދަރިވަރުންގެ މަސައްކަތް ނިމުމުން، އެމަސައްކަތްތައް ކްލާހަށް ހުށަހަޅާނީއެވެ.
ރެފްރެންސް : " ލޯބިވާ މަންމާ މަގޭ " މި ވީޑިއޯ ޅެން ނަގާފައިވަނީ : (ޔޫޓިޔުބުން) https://youtu.be/xtYL1-ZineY